ވަގު ލިޔުން ހޯދައިގެން ގޯތި ހޯދިކަމުގެ ތުހުމަތުގައި ފަޒީލާއި އިތުރު 11 މީހަކަށް ދައުވާކޮށްފި
ސަން
1 މާރިޗު 2026 | އާދިއްތަ | 4:44
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް އަންގައިދޭ ސައްހަ ނޫން ލިޔުންތަކެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން މާލޭން ގޯތި ދިން މައްސަލައިގައި މަގާމުގެ އެންމެހާ މަސްއޫލިއްޔަތުތަކުން ފަޒީލް ސަސްޕެންޑްކުރީ ޑިސެމްބަރު 19، 2024 ގައެވެ. މުސާރަ ލިބޭގޮތަށް ހަ މަސް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެމްޑަބްލިއުއެސްސީން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި އަށެއްގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ފަޒީލްގެ މައްޗަށް ކުރަނީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.