ފެނަކަ ސައީދުގެ އިސްތިއުނާފު ލަސްވާތީ އެމްޑީޕީގެ ކަންބޮޑުވުން

ސަން

1 މާރިޗު 2026 | އާދިއްތަ | 5:02

ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލަށްލާފައިވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ލަސްވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ. އެފަހުން އޭނާ ވަނީ މިދިޔަ މަހު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

މިދިޔަ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު، އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި އެއް ކުންފުންޏަކީ ފެނަކައެވެ. ކޮރަޕްޝަނާއި ހިންގުމުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށް ތުހުމަތުކުރެވޭ ފެނަކައާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަ އޮޑިޓް ރިޕޯޓުތަކުގައި ވެސް ފެންމަތިވެފައިވެއެވެ.

މައުޟޫޢުތަށް