މިއަދު 19 ފްލައިޓް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތައް

ސަން

1 މާރިޗު 2026 | އާދިއްތަ | 8:38

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން މިއަދު 19 ފްލައިޓް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

އެމެރިކާއާއި އިސްރާއީލުން އިއްޔެއިން ފެށިގެން އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއާލައިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އޭގެ ސަބަބުން، ގިނަ އަދަދެއްގެ ފުލައިޓުތައް ކެންސަލްވެ، ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ.

މައުޟޫޢުތަށް