ޓްރީޓޮޕްގެ އެންޑޯކްރިނޮލޮޖީ ޚިދުމަތްތައް ޓީޓީއެޗް ކްލިނިކަށް ތައާރަފުކޮށްފި
ސަން
2 މާރިޗު 2026 | ހޯމަ | 12:08
ޓްރީޓޮޕް ހޮސްޕިޓަލުގެ އެންޑޯކްރިނޮލޮޖީ ޚިދުމަތްތައް މާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ ކްލިނިކު، ޓީޓީއެޗް ކްލިނަކަށް ތައާރަފުކޮށްފިއެވެ.
އެންޑޯކްރޮނޮލިޖީއަކީ، އެންޑޯ ކްރީން ސިސްޓަމުގައި ހިމެނޭ ހޯމޯން އުފައްދާ ގްލޭންޑުތަކާއި ގުނަވަންތަކާ ގުޅުންހުރި ބަލިތަކުގެ ފަރުވާއަށް ޚާއްސަ ދާއިރާއެކެވެ.
ޓްރީޓޮޕުން ބުނި ގޮތުގައި، އެންޑޯކްރިނޮލޮޖީގެ ޚިދުމަތްތައް ޓީޓީއެޗް ކްލިނިކަށް ތައާރަފުކުރީ، މާލޭގައި އެފަދަ ބަލިތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.