ވައިގެ މަގުން ރާއްޖެ އެތެރެކުރި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ސަން

1 މާރިޗު 2026 | އާދިއްތަ | 10:59

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ މިލިއަން ރުފިޔާގެ ހެރޮއިން، ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، އެ ތަކެތި އަތުލައިގަނެފައި މިދިޔަ ހުކުރު ދުވަހު ރާއްޖެ އައި މީހެއްގެ އަތުން ކަމަށެވެ. އެ ތަކެތި ޓެސްޓް ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ މަސްތުވާތަކެތީގެ ބަރުދަން 2.2 ކިލޯއަށް އަރާއިރު، އޭގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާއެވެ.

މައުޟޫޢުތަށް