ރަސްދޫގައި އަންހެނަކާއި ފިރިހެނަކު ފިހިގެން މަރުވިތާ އަހަރެއް: ތަހުގީގު ލަސްވާތީ އާއިލާއިން އިދާރާތަކަށް
ސަން
2 މާރިޗު 2026 | ހޯމަ | 11:23
އއ. ރަސްދޫގައި ދެ މީހަކު ފިހިގެން މަރުވިތާ އަހަރެއް ވާން ކައިރިވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވާތީ އާއިލާއިން ހަތަރު އިދާރާއަކަށް ސިޓީ ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ މާރިޗު 24 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން މަރުވީ، 31 އަހަރުގެ އަލީ ސާމިންއާއި އޭނާގެ ކުރީގެ އަނބިމީހާ އައިޝަތު ރިފުޤާއެވެ. އެ ދެ މީހުން މަރުވިއިރު، ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެ ދެ މީހުން ފަސް އަހަރުގެ ދަރިއަކު ހުންނައިރު، އެ ކުއްޖާއަށް ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެ ދެ މީހުން މާލެ ގެނެސް ފުރަތަމަ ފަރުވާ ދިނީ، އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައެވެ. އޭގެ ހަތް ދުވަސް ފަހުން، ރިފުގާ މަރުވީ މިދިޔަ އަހަރުގެ މާރިޗު 31ގައެވެ.