އަމާޒަކީ، އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ ގައުމަކަށް ރާއްޖެ ހެދުން: ޝަހީމް

ސަން

1 މާރިޗު 2026 | އާދިއްތަ | 11:18

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ، އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަކަށް ރާއްޖެ ހެދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، ގުރުއާނުގެ އިލްމުގެ ދާއިރާއަށް މިދިޔަ އަހަރު ސަރުކާރުން 19 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށެވެ.

އެ ޚަރަދުގައި ހިމެނޭ އެންމެ މުހިންމު އެއް ދާއިރާއަކީ ގުރުއާން ހިތުދަސްކުރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިރޭ، ރާއްޖޭގެ ހާފިޒުންގެ އަަދަދު 301އަށް އަރައިފައިވާ ކަމަށެވެ.

މައުޟޫޢުތަށް