31 ހާފިޒުންގެ ދަސްވެނިވެއްޖެ؛ މިއީ އެއް ފަހަރާ އެންމެ ގިނަ ހާފިޒުން ދަސްވެނިވި އަހަރު
ސަން
2 މާރިޗު 2026 | ހޯމަ | 12:25
ކީރިތި ޤުރުއާން ހިތުދަސްކުރި 31 ހާފިޒުންގެ ދަސްވެނިވުން ބާއްވައިފިއެވެ.
ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓްރީން ވަނީ، މިއީ އެއް ފަހަރާ އެހާ ގިނަ ހާފިޒުން ދަސްވެނިވި އަހަރު ކަމަށެވެ.
މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ އަށް ހާފިޒުންނެވެ.