ދެ މިލިއަން ރުފިޔާގެ ހެރޮއިން އެތެރެކުރަން އުޅުނުކަމަށްބުނެ ބިދޭސީ އަންހެނަކާއި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފި

ސަން

2 މާރިޗު 2026 | ހޯމަ | 10:05

ވައިގެ މަގުން ރާއްޖެއަށް ދެ މިލިއަން ރުފިޔާގެ ހެރޮއިން އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކޮށް މައްސަލައިގައި ބިދޭސީ އަންހެނެއްގެ އިތުރުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާއި ގުޅިގެން ޖުމްލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ މެލޭޝިއާ އަންހެނަކާއި ގދ. ވާދޫ، ފުރުސަތު، އުމުރުން 29 އަހަރުގެ ލޫޠު އިބްރާހީމްގެ އިތުރުން ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 21 އަހަރުގެ އަޙްމަދު ރިޝްމާހް ކަމަށެވެ.

މައުޟޫޢުތަށް