އަރަބި ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި، އެ ގައުމުތަކާ އެކު ރާއްޖެ އޮތްކަން ހާމަކުރާނެ: ރައީސް

ސަން

2 މާރިޗު 2026 | ހޯމަ | 10:28

އެމެރިކާ އިސްވެ އީރާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، އީރާނުގެ މިސައިލް ހަމަލަތައް އަމާޒުވަމުން އަންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި، އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މި ހާލަތުގައި ރާއްޖެ އޮތީ އެ ގައުމުތަކާ އެކުކަން ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވަން ވައުދުވެވަޑައިގެންނެވިއިރު، މިއަދު ވަނީ ފުރަތަމަ ބައްދަލުވުން ބާއްވަވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަަވަމުން، މިހާރު މެދުއިރުމަތީގެ ހާލަތު އޮތް ގޮތުން، އަރަބި އިސްލާމީ ގައުމުތަކާއެކު ރާއްޖޭން އޮތްކަން ވެސް ހާމަކުރައްވަމުން ގެންދަވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް