ސުކޫކު ދައްކަން 650 މިލިއަން ޑޮލަރު އެބަހުރި، މިވަގުތު ދައްކަންޖެހުނަސް ވާނެ: ރައީސް

ސަން

2 މާރިޗު 2026 | ހޯމަ | 10:56

އަންނަ އެޕްރީލް މަހު ދައްކަންޖެހޭ ސުކޫކު ދައްކަން އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، މިހާރު ވެސް ދައްކަންޖެހިއްޖެ ނަމަ އެ ކަން ކުރެވޭނެ ފައީސާ އެބަހުރިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އިސްވެ މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް އެކި ގޮތްގޮތުން ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށް، ލިބޭ އާމްދަނީ ދަށްވެދާނެ ކަމުގެ ކަންބޮޑުވުންތައް އޮތް ނަމަވެސް، ރައީސް ވަނީ ރާއްޖޭގެ މާލީ ހާލަތާ މިހާރު އޮތީ ރަނގަޅަަށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ކުރު ގޮތަކަށް ދަންނަވާކަމަށް ވަންޏާ، މިއަދު ސުކޫކު ޕޭކުރަން ޖެހުނަސް ޕޭކުރެވޭނެ ވަރުގެ ފައިސާ އެބަހުރި. މިއަދު މިހާރު ޕޭކުރަންޖެހުނަސް ޕޭކުރެވޭވަރަށް ފައިސާ އެބަހުރި،" ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް