ގޭންގް ކަނޑައަޅާ މައްސަލަ ހައިކޯޓުގައި މިރޭ، ބެންޗުގައި ޝަނީޒް، މާނިއު އަދި މާހިރު
ސަން
2 މާރިޗު 2026 | ހޯމަ | 11:54
އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ތިން ފަނޑިޔާރުންގެ ބެންޗަކުން މިރޭ ފަށަން ހައިކޯޓުގައި އަނެއްކާވެސް ތާވަލުކޮށްފިއެވެ.
ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ.
އެ މައްސަލަ ބަލާ ހައިކޯޓުގެ ބެންޗު އެ ކޯޓުން އާއްމުކޮށްފައިވާއިރު، ބެންޗުގައި ހިމެނެނީ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ، އަބްދުލްމާނިއު ހުސެއިން އަދި އިބްރާހީމް މާހިރުއެވެ. ހައިކޯޓުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ގޮތުން މި މައްސަލަ ތާވަލުކޮށްފައި އޮތީ މިރޭ 9:15 އަށެވެ. މި މައްސަލައިގެ ދައުވާ ލިބޭ ފަރާތުގެ ނަން ހައިކޯޓުންވަނީ ސިއްރުކޮށްފައެވެ.