އެޑްވަޓޯރިއަލް: އެލައިޑްގެ "ކަމަނަ ތަކާފުލް" ނަގައިފިން؟ އަންހެނުންގެ މާލީ ބާރުވެރިކަމަށް މުހިންމު ފިޔަވަޅަކަށް ވާނެ!

ސަން

2 މާރިޗު 2026 | ހޯމަ | 11:06

މާލީ ގޮތުން ބާރުވެރިވެ، ފައިސާގެ ގޮތުން ދިގު މުއްދަތުގައި ރައްކާތެރިކަން ލިބޭނެ ފަދަ ފިޔަވަޅުތައް އެޅުމަކީ ހުރިހާ އަންހެނުންނަށް ވެސް މުހިންމު ކަމެކެވެ. އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލްއިން، ''ކަމަނަ ތަކާފުލް'' ފަރުމާކޮށްފައިވަނީ އެ ވިސްނުމާއެކުގައެވެ.

ކަމަނަ ތަކާފުލް ޕްލޭން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިސާ ރައްކާކޮށް، މުސްތަގުބަލަށް ޓަކައި މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް އަންހެނުންނަށް އެހީއަކަށް ވާނެއެވެ.

އެ ޕްލޭން އެކުލަވާލައިފައިވަނީ ދިރިއުޅުމުގައި ކުރިމަތިވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބެވޭނެ ގޮތްތަކަށް ވިސްނައިފައެވެ. މިއީ 18 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނުންނަށް ނެގޭ ޕްލޭނެއް ކަމަށްވާއިރު، އެ ކަވަރޭޖުގައި ހިމަނަން ބޭނުންވާ ފައިސާގެ އަދަދާއި ކަވަރޭޖް ބޭނުންވާ މުއްދަތެއް، އެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް ހަމަޖެއްސޭނެއެވެ.

މައުޟޫޢުތަށް