މޮރިޝަސްއިން ގުޅުން ކަނޑަން ނިންމުމަކީ ވަރަށް ތާކުންތާކު ނުޖެހޭ "ޅަ" ނިންމުމެއް: ރައީސް

ސަން

2 މާރިޗު 2026 | ހޯމަ | 11:58

ޗާގޯސް ނުވަތަ ފޯޅަވަހި ރާއްޖެއަށް ހޯދަން ދިވެހި ސަރުކާރުން މަސައްކަތްކުރާތީ ކަމަށް ބުނެ، ރާއްޖެއާ މޮރިޝަސްއިން ގުޅުން ކަނޑައިލުމަކީ އެ ގައުމުން ނިންމި ވަރަށް ތާކުން ތާކު ނުޖެހޭ، އޮއްޓަރެއް ނެތް ނިންމުމެއްގެ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޮރިޝަސްއިން ރާއްޖެއާ ގުޅުން ކެނޑި މައްސަލައިގައި ރައީސް ވިދާޅުވީ މޮރިޝަސްއިން ރާއްޖެއާއެކު ޚާރިޖީ ގުޅުން ކަނޑައިލަން ނިންމި ނިންމުމަކީ ވަރަށް "ތާކުންތާކު ނުޖެހޭ" އެއްވެސް އޮއްޓަރެއް ހުރި ނިންމުމެއް ނޫން ކަމަށެވެ.

"މޮރިޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ، ވަރަށް އިމެޗުއާ، ނައީވް (އެއްވެސް އޮއްޓަރެއް ނެތް) ނިންމުމެއް. އެ ނިންމުން އެހެން ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލިޔަސް މޮރިޝަސްއަށް ހައްގުނޫން ތަނެއް މޮރިޝަސްއަކަށް ހައްގެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް