މާލޭގެ ގެއެއްގައި ރޯވުން: ހަތް މީހުންނަށް 5 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ދީފި

ސަން

2 މާރިޗު 2026 | ހޯމަ | 12:56

މާލޭގެ މއ. ރިމްލާސްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންތަކެއް ވެފައިވާއިރު، އެ ގޭގައި ދިރިއުޅޭ ހަތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ، ރޭ ދަންވަރު 03:06 ހާއިރެވެ. މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ރޯވި އަލިފާން ނިއްވާލާފައި ވަނީ، ފަތިހު 04:12ހާއިރެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން އެނގޭ ގޮތުގައި، އެކި ވަރުގެ ބޮޑެތި ގެއްލުންތައް އެ ގެއަށް ވަނީ ލިބިފައެވެ. މިގޮތުން، އެ ގޭގެ އެތެރޭގައި ހުރި ސާމާނުތައް އަނދައި، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓު ލިބިފައި ނެތްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް