ނުފުރި އެއާޕޯޓުގައި ތާށިވި ފަތުރުވެރިންގެ ވިސާ އިތުރުކޮށްދެނީ
ސަން
2 މާރިޗު 2026 | ހޯމަ | 1:37
މެދު އިރުމަތީގައި މިހާރު ދިމާވެފައި އޮތް ނުތަނަވަސްކަމާ ގުޅިގެން ރާއްޖޭގައި ނުފުރި ތާށިވި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން އިމިގްރޭޝަނުން ނިންމައިފިއެވެ.
މިދިޔަ ހޮނިހިރުން ފެށިގެން އިސްރާއިލާއި އެމެރިކާއިން އަންނަނީ އީރާނަށް ހަމަލާ ދެމުންނެވެ. އީރާނުން ވެސް ރައްދު ހަމަލާތައް ދެމުން އަންނައިރު، އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.
އެހެންވެ، އެންމެ ގިނައިން އެ ސަރަހައްދުން ފަތުރުވެރިން އަންނަ އެއާލައިންތައް ހުއްޓި، ގިނަ އަދަދެއްގެ ފްލައިޓުތައް އަންނަނީ ކެންސަލްވަމުންނެވެ. ހޮނިހިރު ދުވަހު އެކަނި ވެސް، ވެލާނާ އެއާޕޯޓުގައި ނުފުރި ހާހަކަށްވުރެ ގިނަ ފަތުރުވެރިން ތާށިވިއެވެ.