މުވައްޒަފުން އިސްތިއުފާދިނުމުން ރަކީދޫ ކައުންސިލް ފަޅަށް، ރައްޔިތުން ނިކުމެ ބަންދުކުރީ ކައުންސިލް އިދާރާ!
ސަން
2 މާރިޗު 2026 | ހޯމަ | 4:06
އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން، ރަކީދޫ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބެމުން ނުދާތީ، އެ ރަށު ރައްޔިތުން މިއަދު ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ 'އެކްސް'ގައި ހިއްސާކުރެއްވި ފޮޓޯތަކުގައިވާ ގޮތުން، ރަކީދޫ ކައުންސިލް އިދާރާގެ ދޮރު ކައިރީ މޭޒުތައް ލައްކޮށް، ހުރީ އިދާރާއަށް ނުވަދެވޭ ގޮތް ހަދައިފައެވެ.
ޝުޖާޢުގެ ޕޯސްޓުގައިވާ ގޮތުން، ރަކީދޫ ކައުންސިލުން ދޭންޖެހޭ އިދާރީ ޚިދުމަތްތައް ލިބެމުން ނުދަނީ، އެ ކައުންސިލުގެ އިދާރީ މުވައްޒަފުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.