އެފްއޭއެމް ޚިޔާނާތް: އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފުކޮށްފި

ސަން

2 މާރިޗު 2026 | ހޯމަ | 3:14

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހު އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ.

ބައްސާމް، އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތް މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައި ވަނީ އަދި މައްސަލައިގެ ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.

މައުޟޫޢުތަށް