މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 41 އެކްސިޑެންޓެއް ހިނގައި، 16 މީހުންނަށް އަނިޔާވި
ސަން
2 މާރިޗު 2026 | ހޯމަ | 4:14
މާލެއާއި ސިނަމާލެ ބުރިޖުގައި މިދިޔަ ހަފުތާގައި 41 އެކްސިޑެންޓު ހިނގައި، 16 މީހުންނަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަކީ، ވަރަށް އާންމު ކަމެކެވެ. އޭގެތެރޭގައި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވެސް މަދެއް ނޫނެވެ.
ފުލުހުން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނި 41 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މި އެކްސިޑެންޓުތަކުގައި 16 މީހުންނަށް އަނިޔާވެފައިވާއިރު، 51 ވެހިކަލަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.