ރަކީދޫ މައްސަލައިގައި މިނިސްޓަރު: އިގުތިސާދީ ފުރުސަތު އިތުރުވާ ކުދި އާބާދީތަކުގައި އިދާރީ މުވައްޒަފުން ހޯދަން ދަތިވޭ

ސަން

2 މާރިޗު 2026 | ހޯމަ | 9:45

ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ޚިދުމަތް ނުދެވޭ މައްސަލައަށް އިޝާރާތް ކުރައްވައި، އިގުތިސާދީ ފުރުސަތު އިތުރުވާ ކުދި އާބާދީތަކުގައި ކައުންސިލަށް އިދާރީ މުވައްޒަފުން ހޯދަން ދަތިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ރަކީދޫގައި ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުލިބޭތީ، ރައްޔިތުން ނިކުމެ މިއަދު ވަނީ އެ ރަށުގެ ކައުންސިލް އިދާރާ ބަންދުކޮށްފައެވެ.

://./218604

މައުޟޫޢުތަށް