އައްޑޫއާއި ކެންޔާއާއި އިންޑޮނޭޝިއާ މަގުން ބޯޓުފަހަރަށް 'އިކޮނޮމިކް ކޮރިޑޯ'އެއް ހަދަން ނަޝީދުގެ ހުށަހެޅުމެއް
ސަން
2 މާރިޗު 2026 | ހޯމަ | 9:32
ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ އައްޑޫ ސިޓީގައި މުދާ އުފުލާ ބޯޓުތައް މަޑުކުރުމަށް ޓްރާންސްޝިޕްމެންޓް ބަނދަރެއް ހަދައި، އެ އަތޮޅު ހިމެނޭ ގޮތަށް ގްރީން އިކޮނޮމިކް ކޮރިޑޯއެއް ހަދަން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު މިއަދު ހިއްސާކުރައްވައިފިއެވެ.
ނަޝީދު އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އައްޑުއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އެ އަތޮޅު ގުދުރަތީ ގޮތުން އުފެދިފައި އޮތް ތަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އައްޑޫ އޮތީ އިންޑިއާ ކަނޑުގެ ސީދާ މެދުގައި ކަމަށްވާއިރު، އެއްކޮޅުގައި އެފްރިކާ އަދި އަނެއްކޮޅުގައި އިންޑޮނޭޝިއާއާއި މެލޭޝިއާއާއި ސިންގަޕޫރު ފަދަ ގައުމުތައް އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އުފުލާ ވަރަށް ގިނަ މުދާ އުފުލަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށްވާއިރު، އައްޑޫ ހިމެނޭ ގޮތަށް ގްރީން އިކޮނޮމިކް ކޮރިޑޯއެއް ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވަނީ އެހެންވެ ކަމަށެވެ.