އެމިރޭޓްސްއާއި ފްލައިދުބާއީން ބައެއް ދަތުރުތައް ފަށައިފި

ސަން

2 މާރިޗު 2026 | ހޯމަ | 10:56

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން ދާ ހަމަލާތަކާއި، އީރާނުން ރައްދުގައި ދެމުންދާ ހަމަލާތަކާ ގުޅިގެން އޮޕަރޭޝަންތައް ހުއްޓާލައިފައި އޮތް އެމިރޭޓްސްއާއި ފްލައިދުބާއީން މިއަދު ބައެއް ދަތުރުތައް ފަށައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. ރައްދެއްގެ ގޮތުން، އީރާނުން ވަނީ، އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި ޔޫއޭއީ، ގަތަރު، ކުވޭތު، ބަހުރެއިން އަދި ސައުދީ އަރަބިއާ ހިމެނެއެވެ.

އޭގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، އެމިރޭޓްސްއާއި ފްލައި ދުބާއީގެ ދަތުރުތައް ހުއްޓުމަކަށް ގެނައެވެ. ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ދަތުރުކުރަނީ ދުބާއީއާއި ދޯހާ މަގުން ކަމަށްވުމުން، ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ނުފުރި ތާށިވިއެވެ.

މައުޟޫޢުތަށް