ޚާމަނާއީ އަވަހާރަވުމުން ސަރުކާރުން ހިތާމަ ފާޅުނުކުރާތީ މަހްޒޫމްގެ ސުވާލެއް: މި ފަހަރު ތަފާތުވީ ކީއްވެ؟

ސަން

3 މާރިޗު 2026 | އަންގާރަ | 12:25

އީރާނުގެ ރޫޙީ ލީޑަރު އަޔަތުއްﷲ ޢަލީ ޚާމަނާއީ އަނިޔާވެރިކޮށް އަވަހާރަކޮށްލުމުން، އެކަމުގެ ހިތާމައިގައި ދިވެހީންގެ ދިދަ ބައިދަނޑިއަށް ތިރިނުކުރަނީ ކީއްވެތޯ, މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޢަބްދުالله މަޙްޒޫމް މާޖިދު ސުވާލު އުފައްދަވައިފިއެވެ.

އިސްރާއީލާއި އެމެރިކާއިން ގުޅިގެން ދިން ހަމަލާތަކެއްގައި ޚާމަނާއި އަވަހާރަކޮށްލީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ހުރިހާ ފަރާތަކުން ވެސް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި ސުލްހަވުމަށް ގޮވާލާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ، އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވައި، އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މި ހާލަތުގައި ރާއްޖެ އޮތީ އެ ގައުމުތަކާ އެކުކަން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް