ސަރުކާރުން މިއަދު ކުރަނީ، ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ ގެންދަން ކުރާ މަސައްކަތް: ޝާހިދު
ސަން
3 މާރިޗު 2026 | އަންގާރަ | 10:21
ޕީއެންސީގެ ސަރުކާރުން މިހާރު ކުރަނީ، ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ރާއްޖެ ގެންދަން ކުރާ މަސައްކަތްތައް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ނަގަން ވަނީ ނިންމައިފައެވެ.
މައި ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅުކަން ފާހަގަކޮށް އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ވާދަކޮށްގެން ނުވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ، އިންތިޚާބުތަކުގައި ވާދަކުރަންޖެހޭނީ އެ އިންތިޚާބެއްގެ ކަންތައްތައް ގަބޫލުކުރާ ބައެއްކަމަށް ވާތީ ކަމަށާއި، ސަރުކާރުގެ އެ ޝަރުތު ހަމަނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.