ރާއްޖެ މާލީ މަރުކަޒަކަށް ހަދަން އުފެއްދި ކުންފުންޏަށް، އިހަވަންދިއްޕޮޅު މަޝްރޫއު ތަންފީޒުކުރުމުގެ ޒިންމާ

ސަން

3 މާރިޗު 2026 | އަންގާރަ | 10:10

ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ހެދި ކުންފުންޏަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.

ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމަށް މިދިޔަ އަހަރު އުފެއްދި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިން ފަދަ މާލީ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒުކުރުމެވެ.

މައުޟޫޢުތަށް