5 އަހަރުން އެއް އަހަރު އިންތިޚާބެއް ބާއްވަން 60 މިލިއަނަކީ ބޮޑު އެއްޗެއް ނޫން: ޞާލިޙް

ސަން

3 މާރިޗު 2026 | އަންގާރަ | 11:01

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ސަރުކާރުން ފެންނަ ނުފެންނަ ވޯޓަކާއި ހަމައަށް ދާއިރު، ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށާއި ފަސް އަހަރުން އެއްފަހަރު އިންހާބެއް ބާއްވަން 60 މިިލިއަން ނުވަތަ 100 މިލިއަން ހަރަދުކުރަން ޖެހުނު ނަމަވެސް އެއީ ބޮޑު އަދަދެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަައިން ވިދާޅުވެފައި ވަނީ އަންނަ އޭޕްރިލް މަހު ސަރުކާރުން، ރައްޔިތުންގެ ޚިޔާލު ހޯދަން ނަގަން ނިންމާފައިވާ ވޯޓަށް ނޫނެކޭ ބުނެ އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައެވެ.

ޞާލިހް ވިދާޅުވީ ޚަރަދު ކުޑަކުރަންކަމަށް ބުނެ ސަރުކާރުން ދައްކަނީ ފަސް އަހަރަށް ހޮވާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުޑަކުރާ ވާހަކަ ކަމަށެވެ. ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާކަމުގައިވާނަމަ، އެ އިސްލާހަކާ ބެހޭގޮތުން ރައްޔިތުން ދެކޭގޮތް ބެލޭނެ ގޮތްތަކެއް، ހާމަކޮށް ލިޔެވިފައި އޮންނަން ވާނެ ކަމަށް ވެސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް