މާލެއާ 2500 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ

ސަން

3 މާރިޗު 2026 | އަންގާރަ | 11:18

އާއްމުކޮށް ވެސް ބިންހެލުންތައް އަންނަ, އިންޑޮނޭޝިއާގެ އުތުރު ސުމާޓްރާއަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނިގޮތުގައި 6.1 މެގިނިޓިއުޑްގެ ބާރުމިނުގައި އެ ބިންހެލުން އައީ ވެރިރަށް މާލެއާ 2581 ކިލޯ މީޓަރު ދުރަށެވެ. މި ބިންހެލުން އައީ މިއަދު ރާއްޖެ ގަޑިން 9:56 ގައެވެ.

މި ބިން ހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުންޏެވެ.

މައުޟޫޢުތަށް