ރާއްޖެ ތެލާއި ގޭހަކަށް ނުޖެހޭނެ, މެދުކެނޑުމެއް ނެތި ކާޑު ލިބޭނެ: ސައީދު

ސަން

3 މާރިޗު 2026 | އަންގާރަ | 12:30

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބައިނަލްއަގްވާމީ މާކެޓްތަކުގައި ތެލުގެ އަގަށް އިއްޔެ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން 25 ޕަސެންޓާއި 30 ޕަސެންޓަށް ތެލުގެ އަގު އުފުލިގެން ދިޔަކަން ވަނީ ފާހަގަކުރައްވައިފައެވެ.

މެދުއިރުމަތީގައި ކަމެއް ދިމާވެއްޖެ ނަމަ އެންމެ އަވަހަށް އަސަރުކުރާ ތަކެތީގެ ތެރޭގައި ތެޔޮ ހިމެނޭކަން ފާހަގަކުރައްވައިފައެވެ. އަދި މިފަހަރުގެ ހަނގުރާމައާއިއެކު ގޭސް ވެސް އޭގެތެރެއަށް ވަދެފައިވާކަމަށާއި ހުރިހާ މުދަލަކަށް ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މައުޟޫޢުތަށް