އައްޑޫގެ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅާ މައްސަލަ ސިއްރުކޮށްފި
ސަން
3 މާރިޗު 2026 | އަންގާރަ | 12:50
އައްޑޫ ސިޓީގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.
ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ.
އެ މައްސަލަ ބަލާ ހައިކޯޓުގެ ބެންޗު އެ ކޯޓުން އާއްމުކޮށްފައިވާއިރު، ބެންޗުގައި ހިމެނެނީ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲއާއި އަބްދުލްމާނިއު ހުސެއިނާއި އިބްރާހީމް މާހިރެވެ.