މިހާތަނަށް ފެސިލިޓީއަށް 352 ބުޅާ ގެންގޮސްފި، އަންނަ ހަފުތާގައި އިތުރު ބުޅާތައް ގެންދަނީ

ސަން

3 މާރިޗު 2026 | އަންގާރަ | 2:01

ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ ބުޅާ ފެސިލިޓީއަށް މިހާތަނަށް 352 ބުޅާ ގެންގޮސްފައިވާ ކަމަށާއި އަންނަ ހަފުތާގައި އިތުރު ބުޅާތައް ގެންދަން ތާވަލުކޮށްފައިވާ ކަމަށް އެނިމަލްވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެންބަރުގައި ހުޅުވި އެ ފެސިލިޓީއަށް އެކަށީގެންވާ ވަރަށް ބުޅާ ނުގެންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި، ފެސިލިޓީ ހުޅުވި ފަހުން ވެސް ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ނާންނާތީ މީހުންގެ ޝަކުވާތައް ގިނައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ، އެ ފެސިލިޓީއާ ގުޅޭ އިތުރު ތަފުސީލުތަކެއް ދެއްވާފައެވެ.

މައުޟޫޢުތަށް