ޕޭޕަލްގެ ޚިދުމަތް ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ، ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދޭ: ސައީދު

ސަން

3 މާރިޗު 2026 | އަންގާރަ | 3:08

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށާއި، ޓެސްޓިން މަރުހަލާތަކެއް ކުރިއަށްދާ ކަމަށް އިކޮނިމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕޭޕަލް ފަދަ ޒަމާނީ ޕޭމެންޓް ޚިދުމަތްތައް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރިއެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އުރީދޫއާއެކު ހަދާ ޕާޓްނާޝިޕެއްގެ ދަށުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ، މި އަހަރު ތެރޭ ޕޭޕަލްގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް