ފުޅަދޫގައި ފަތުރުވެރިން ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ، ގެސްޓްހައުސްއަށް 750 ރުފިޔާގެ ޖޫރިމަނާއެއް
ސަން
3 މާރިޗު 2026 | އަންގާރަ | 3:15
ބ. ފުޅަދޫގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި ފަތުރުވެރިން އުޅޭނަމަ، އެ ފަތުރުވެރިޔާއަށް ޚިދުމަތްދޭ ގެސްޓްހައުސްއެއް 750 ރުފިޔާއިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މިއަދު ފުޅަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، އާންމު ތަންތަނުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
ތަކުރާރުކޮށް، އެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށް ފުޅަދޫ ކައުންސިލުން ބުންޏެވެ.