ރުއްތަކަށް ގިނަ ދުވަސްވެ، މަތިވަރު ހަލާކުވެފައިވާތީ އަރިޔަދޫގައި ރުއް އާލާކުރުމުގެ މައި މަރުކަޒެއް ގާއިމުކުރަނީ
ސަން
3 މާރިޗު 2026 | އަންގާރަ | 4:28
ރާއްޖޭގައި ހުރި ރުއްތަކުގެ މަތިވަރު ހަލާކުވެފައިވާތީ، ރުއް އާލާކުރުމުގެ މައި މަރުކަޒެއް ގާއިމުކުރުމަށް އދ. އަރިޔަދޫއާ މިނިސްޓްރީން ހަވާލުވެފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރުއް އާލާކުރުމުގެ ގައުމީ ޕޮރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ހުރީ ގިނަ ދުވަސްވެ، ފަސޭހައިން އެރޭ ވަރަށް ވުރެ ދިގުވެ، މަތިވަރު ހަލާކުވެފައިވާ ރުއްތަކެވެ.