މާލެ ސަރަހައްދުގައި، މި ރޯދައިގެ ފުރަތަމަ ހަފުތާގައި އެކްސިޑެންޓުތައް އިތުރުވެއްޖެ
ސަން
3 މާރިޗު 2026 | އަންގާރަ | 5:20
މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއާ އަޅައިބަލާއިރު، މާލެ ސަރަހައްދުގައި މި އަހަރުގެ އެ މުއްދަތުގައި އެކްސިޑެންޓުތައް އިތުރުވެއްޖެއެވެ.
ފުލުހުން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި 90 އެކްސިޑެންޓު ހިނގިއެވެ. މި އަހަރުގެ އެ މުއްދަތު ކަމަށްވާ، މި މަހުގެ 18އިން 24އަށް، 107 އެކްސިޑެންޓު ހިނގައިފައިވެއެވެ.
އެންމެ ގިނައިން ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާފައި ވަނީ، މަޖީދީ މަގާއި ސިނަމާލެ ބުރިޖުގައެވެ.