ރަކީދޫ ކައުންސިލް އިދާރާ ބަންދުކުރުން: "އެ ހާލަތު މެދުވެރިވެދާނެ އެހެން ރަށްރަށް އެބަހުރި، ހައްލުކުރުމަށް އެލްޖީއޭއާ މަޝްވަރާކުރާނަން"
ސަން
3 މާރިޗު 2026 | އަންގާރަ | 10:58
އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ވ. ރަކީދޫ ކައުންސިލުގެ އިދާރީ މުވައްޒަފުން އިސްތިއުފާދިނުމާ ގުޅިގެން، އެ ރަށު ކައުންސިލުގެ އިދާރީ ޚިދުމަތްތައް ހުއްޓިފައި އޮންނަ އޮތުން ހައްލުކުރުމަށް ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ އެލްޖީއޭއާއެކު އަންނަ ހަފުތާގައި މަޝްވަރާކުރާނެ ކަމަށާއި، ރަކީދޫގެ އިތުރުން، އިދާރީ ޚިދުމަތްތައް ހުއްޓިދާނެ ކުދި އެހެނިހެން ރަށްރަށްވެސް އެބަހުރި ކަމަށް، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިރޭ ވިދާޅުވެއްޖެއެވެ.
ރަކީދޫ ކައުންސިލުގެ އިދާރީ މުވައްޒަފުން އިސްތިއުފާދިނުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ އިދާރީ ޚިދުމަތްތައް ހުއްޓިފައި އޮންނަތާ ހަފުތާއެއް ވަނީ ވެފައެވެ. އެހެންވެ، އެ ރަށު ރައްޔިތުން އިއްޔެ ނިކުމެ، ކައުންސިލު އިދާރާ ވަނީ ބަންދުކޮށްފައެވެ.
://./218604