އައިޓީބީ ބާލިންގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި، މި ފެއާގައި ފަތުރުވެރިންނަށް "ސްވައިޕް" ތައާރަފްކުރަނީ
ސަން
3 މާރިޗު 2026 | އަންގާރަ | 11:28
ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މިހާރު ކުރިއަށްދާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ޓްރޭޑް މައުރަޒުކަމަށްވާ އައިޓީބީ ބާލިންގައި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމަށްޓަކައި ގައުމީ ބޭންކު ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު "ސްވައިޕް" ތައާރަފްކުރާނެކަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން މިއަދު ހާމަކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިޓީބީ ބާލިން ފެއާގައި ވިލާތުގެ ގައުމުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް "މޯލްޑިވިއަން ނައިޓް"ގެ ނަމުގައި ހަފުލާއެއް އޮންނާނެ ކަމަށެވެ.
ބީއެމްއެލާ ގުޅިގެން ބާއްވާ އެ ހަފުލާގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށް "ސްވައިޕް" ވޮލެޓު ތައާރަފްކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.