ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު 50 އިންސައްތަ ދަށަށް

ސަން

3 މާރިޗު 2026 | އަންގާރަ | 11:35

މެދު އިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު 50 އިންސައްތަ ދަށަށް ގޮސްފިއެވެ.

އިސްރާއީލުން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު މިދިޔަ ހޮނިހިރު ދުވަހު ހޫނުވަމާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ވަނީ ބަންދުވެފައެވެ. އޭގެ ސަބަބުން ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފެބްރުއަރީ 28 ވީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 8,929 އެކެވެ. އެއާ ޖެހިގެން އާދިއްތަ ދުވަހު 6،440 ފަތުރުވެރިން އައިއިރު އިއްޔެ ރާއްޖެ އައިސްފައި ވަނީ 4,107 ފަތުރުވެރިންނެވެ. މިއީ 50 އިންސައްތަ ދަށް އަދަދެކެވެ.

މައުޟޫޢުތަށް