2024 ވަނަ އަހަރު ޕީޖީ އޮފީހުން މާލީ ކަންކަން ކޮށްފައި އޮތީ ރަނގަޅަށް: އޮޑިޓް ރިޕޯޓް
ސަން
3 މާރިޗު 2026 | އަންގާރަ | 11:44
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، 2024 ވަނަ އަހަރު މާލީ ކަންކަން ކޮށްފައި ވަނީ ރަނގަޅަށް ކަމަށް، އެ އޮފީހުގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެ އޮފީހުގެ 2024 ވަނަ އަހަރުގެ މާލީ ކަންކަން ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެ އަހަރުގެ ބޮޑު ބައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ، ކުރީގެ ޕީޖީ ހުސައިން ޝަމީމްއެވެ. ޝަމީމް ވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ޕީޖީ އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ އަހަރު އެ އޮފީހުން މައިގަނޑު ގޮތެއްގައި ޚަރަދުތައް ކޮށްފައި ވަނީ، އެ އޮފީހަށް ފާސްކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަމަށް، ކަނޑައަޅާފައިވާ މިންވަރަށް، މާލިއްޔަތު ގާނޫނާ އެއް ގޮތަށް ކަމަށެވެ.