އަހަރުން އަހަރަށް ސްޓޫޑެންޓް ލޯނަށް ކުރާ ޚަރަދު ދަށް، ދެ މަސްވީއިރު ޚަރަދު 28 އިންސައްތަ ދަށަށް
ސަން
3 މާރިޗު 2026 | އަންގާރަ | 11:53
ސަރުކާރުގެ ލޯނުގައި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދިވެހި ދަރިވަރުންނަށް ކުރާ ޚަރަދު، އަހަރުން އަހަރަށް ދަށްވަމުން އައިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހަށްވުރެ މިއަހަރު 28 އިންސައްތަ ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުވަރީ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް 79.1 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އެއީ ދަރިވަރުންގެ ލޯނަށް ޚަރަދުކުރުމަށް މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 776.6 މިލިއަން ރުފިޔާގެ 10.2 އިންސައްތައެވެ.
އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ ސަރުކާރުގެ ލޯނު ސްކީމްގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް 109.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 28 އިންސައްތައިގެ ދަށްވުމެކެވެ.