ޝިފާއުގެ 109 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކޮށްފި
ސަން
3 މާރިޗު 2026 | އަންގާރަ | 11:58
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. މި މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ނަދީމް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ. މި ހުކުމް ޝިފާއުގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު މަހުއެވެ.
ބެލެވޭ ގޮތުގައި، މިއީ ރާއްޖޭގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.