ޖިނާއީ މައްސަލައެއްގައި ހެކިބަސް ދިން މީހަކަށް، ބަދަލު ހިފުމުގެ ގޮތުން އަނިޔާކުރި މީހަކު ޖަލަށް
ސަން
4 މާރިޗު 2026 | ބުދަ | 9:50
ޖިނާއީ މައްސަލައެއްގައި ހެކިބަސް ދިން މީހަކާ މެދު، ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، 2024 ވަނަ އަހަރު މާލޭ، ސަލްމާން މިސްކިތް ކައިރީ ސަރަހައްދުގައި އަށް މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދިން މައްސަލައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާއަކީ، ޖިނާއީ މައްސަލައެއްގައި ހެކިބަސް ދިން މީހަކާ މެދު ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގި މީހަކެވެ. ހެކިބަސް ދިން ޖިނާއީ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް އެނގިފައެއް ނުވެއެވެ.