ފުރަތަމަ 2 މަސް ތެރޭ ދަރަންޏާއި އިންޓްރެސްޓަށް ބިލިއަނެއް ހޭދަކޮށްފި
ސަން
4 މާރިޗު 2026 | ބުދަ | 10:06
ބޮޑު ދަރަނި އަދާކުރަންޖެހޭ މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ދަރަނި އަނބުރާ ދެއްކުމާއި ލޯނުތަކުގެ އިންޓްރެސްޓަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
މި އަހަރު ބޭރުގެ ދަރަންޏަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ދަރަންޏެއް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ލޯންތައް އަނބުރާ ދައްކަން ދައުލަތުގެ ބަޖެޓުން 636.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި އަހަރު ޖުމުލަ ލޯންތައް އަނބުރާ ދައްކަން ބަޖެޓުން 12.9 ބިލިއަން ރުފިޔާ ހޭދަކުރަން ބަޖެޓުގައި ހިމަނާފައިވެއެވެ.