ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ މަހުޖަނުންގެ ޖެޓްތައް އިތުރު ވަނީ: "މިއީ ފައިދާ ނަގަންވީ ވަގުތު"
ސަން
4 މާރިޗު 2026 | ބުދަ | 10:33
ޔަހޫދީ އިސްރާއީލާއި ދުނިޔޭގެ ރަސްކަން ދިފާއު ކުރަން މަސައްކަތް ކުރާ އެމެރިކާ އިސްވެ އޮވެ, އީރާނަށް ދިން ހަމަލާއާ ގުޅިގެން, މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން, މި ދުވަސްވަރު ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައް އިތުރު ވެފައިވާ ކަމަށާއި މިއީ ރާއްޖޭން މިކަމުގެ ފައިދާ ނަގަންވީ ވަގުތު ކަމަށް އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ފެށުނު ހަނގުރާމައިގެ ރައްދު ހަމަލާގެ ގޮތުގައި އީރާނުން އަންނަނީ ޔޫއޭއީ އާއި ގަތަރު ހިމެނޭ ގޮތަށް, ދުނިޔޭގެ މައި ވައިގެ ބަނދަރުތައް ހުރި ގައުމުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ބާރު ބޮޑު އޭވިއޭޝަން ދާއިރާއަށް އެތައް ގޮންޖެހުމެއް ކުރިމަތިވެ, ފްލައިޓްތަކުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. ރާއްޖޭގައި ވެސް އެތައް ހާސް ފަތުރުވެރިން ތާށިވިއެވެ.
://../218670