ފުރަތަމަ 2 މަހު 7.8 ބިލިއަންގެ އާމްދަނީއެއް، 29 އިންސައްތައިގެ އިތުރުވުމެއް

ސަން

4 މާރިޗު 2026 | ބުދަ | 10:53

މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ޖުމުލަ 7.8 ބިލިއަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީ ވަނީ ލިބިފައެވެ. އެ މުއްދަތުގައި ޖުމުލަ ޚަރަދުކޮށްފައިވަނީ 5.9 ބިލިއަން ރުފިޔާއެވެ. ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު، މި މުއްދަތުގައި 222.8 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ ހަ ބިލިއަން ރުފިޔާއެވެ. އެހެންވެ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މި އަހަރު އާމްދަނީ މި ވަނީ 29 އިންސައްތަ އިތުރުވެފައެވެ.

މައުޟޫޢުތަށް