ފައިސާ ނެގުމަށް ފަހު، 110 މީހެއްގެ އުމްރާ ދަތުރު ކެންސަލްކުރުން: ފުލުހުން މައްސަލަ ބަލަނީ
ސަން
4 މާރިޗު 2026 | ބުދަ | 11:32
'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން 110 މީހަކު އުމްރާއަށް ގެންދަން އިންތިޒާމު ކުރި ދަތުރު، ފަހު ވަގުތު ކެންސަލްކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެ ގްރޫޕާއެކު 110 މީހުން އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ ރޭގައެވެ. އެ ދަތުރަށް ކޮންމެ މީހަކު ގާތްގަނޑަކަށް 45،000 ރުފިޔާ ދައްކައިފައިވަނިކޮށް، ފުރުން ކުއްލިއަކަށް ކެންސަލްކުރީ ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެއްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.