ނުފުރުނު 110 އުމްރާވެރިން: ހައްޖު ކޯޕަރޭޝަނުން 28 މީހުން ސައުދީއަށް ފުރުވާލައިފި

ސަން

4 މާރިޗު 2026 | ބުދަ | 12:52

'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން 110 މީހަކު އުމްރާއަށް ގެންދަން އިންތިޒާމުކުރި ދަތުރު، ފަހު ވަގުތު ކެންސަލްކުރި މައްސަލައިގައި އޭގެ ތެރެއިން ބައެއް މީހުންނަށް ސައުދީ އަރަބިއްޔާއަށް ދިޔުމުގެ އިންތިޒާމު ހައްޖު ކޯޕަރޭޝަނުން މިއަދު ހަމަޖައްސައިދީފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެ ގްރޫޕާ އެކު 110 މީހުން އުމްރާއަށް ފުރަން ހަމަޖެހިފައި އޮތީ ރޭގައެވެ. އެ ދަތުރަށް ކޮންމެ މީހަކު ގާތްގަނޑަކަށް 45،000 ރުފިޔާ ދައްކައިފައިވަނިކޮށް، ފުރުން ކުއްލިއަކަށް ކެންސަލްކުރީ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.

މައުޟޫޢުތަށް