2،000 އެއްހާ ފަތުރުވެރިންނާ އެކު އިތުރު ކްރޫޒްލައިނާއެއް ރާއްޖޭގައި

ސަން

4 މާރިޗު 2026 | ބުދަ | 1:40

އިތުރު ކްރޫޒްލައިނާއެއް 2،000 އެއްހާ ފަތުރުވެރީންނާ އެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި ސްރީލަންކާގެ ކޮލަންބޯއިން ފުރައިގެން މިއަދު ރާއްޖެއަށް އައިސްފައިވަނީ "އެމްވީ ކޮސްޓާ ޑެލިޒިއޯސާ" ކިޔާ ކްރޫޒްލައިނާއެކެވެ.

އެ ކްރޫޒްލައިނާގައި 1،855 ފަސިންޖަރުންނާއި، 881 ކްރޫ މެންބަރުން ތިބި ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. އިމިގްރޭޝަނުން ވަނީ އެ ކްރޫޒްލައިނާގައި ތިބި ފަސިންޖަރުންނާއި ކްރޫ މެންބަރުންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސް، ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ފުރިހަމަކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް