ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާއެއް ހުޅުމާލޭގައި އަޅަނީ، އަމާޒަކީ މިއަހަރު ހުޅުވައި ޚިދުމަތް ދިނުން

ސަން

4 މާރިޗު 2026 | ބުދަ | 4:08

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާއެއް އަޅަން ތައްޔާރުވަމުން އަންނަ ކަމަށާއި، އަމާޒަކީ މި އަހަރު އެ ތަނުން ޚިދުމަތް ދޭން ފެށުން ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިންގެ ހުރި ޑިމާންޑުތަކަށް ހައްލެއް ލިބޭނީ ހުޅުމާލޭގައި ބޮޑު ކަންނެލި ގަނެ، ޕްރޮސެސް ކުރެވޭނެ އިންތިޒާމެއް ހަމަޖެހުމުން ކަމަށެވެ.

މިގޮތުން، ހުޅުމާލެއިން ލިބިފައި އޮތް ޕްލޮޓެއްގައި ބޮޑު ކަންނެލި ޕްރޮސެސް ކުރާނެ ކާރުޚާނާއެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް