ކުދި ޖާގަތަކުގައި ދިރިއުޅޭ މާލޭ މީހުން ދެނެގަނެ، ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްކުރަނީ
ސަން
4 މާރިޗު 2026 | ބުދަ | 2:04
ކުދި ޖާގަތަކުގައި ދިރިއުޅެން ޖެހިފައިވާ، މާލެއަށް ނިސްބަތްވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ ގެތަކަށް ޒިޔާރަތްކުރައްވާއިރު، މާލެއަށް ނިސްބަތްވާ ބައެއް މީހުންނަށް، ތަފާތު ސަބަބުތަކާ ހެދި ގެ ނުހެދި ހުރުމާއި ގެ ބައިބައި ކުރަން ޖެހިފައިވާކަން ފާހަގަވާ ކަމަށެވެ.
އެ އާއިލާތަކަކީ މާލޭގައި ޒަމާނުއްސުރެ އޮތް ބިމުގެ ދަތިކަމާ ހެދި އިތުރު ހައްލެއް ނުލިބިފައިވާ އާއިލާތައް ކަމަށާއި، އެ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.