މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ މުއްދަތެއް ނުބާއްވައި، މުޅި އަހަރު ހުށަހެޅޭ ގޮތަށް: މިނިސްޓަރު
ސަން
4 މާރިޗު 2026 | ބުދަ | 2:08
އެހެން ފަހަރުތަކާ ޚިލާފަށް މި އަހަރު ދަރިވަރުންގެ ލޯނަށް ހުޅުވާލާނީ މުޅި އަހަރު ހުށަހެޅޭ ގޮތަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ، ދަރިވަރުން ލޯނަށް އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައަޅާތީ، އެ މުއްދަތުގައި ހުށަހަޅަން ބައެއް ދަރިވަރުންނަށް ދަތިވެ، ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ.
އެހެންވެ، މި އަހަރު ވަކި މުއްދަތެއް ކަނޑަނާޅައި، މި އަހަރު ހުޅުވާލާނީ މުޅި އަހަރު ލޯނަށް ހުށަހެޅޭ ގޮތަށް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.